ޝާއިއު ކުރެވުނީ: ޑިސެމްބަރ 22, 2023 ލިޔުނީ: ޑރ. ޝިފާން ކޮމެންޓްތައް: 0

ޕޮރޮސްޓޭޓް ކެންސަރަކީ ކޮބާ؟

ތައާރަފް

ދުނިޔޭގެ ބަލިމަޑުކަމުގެ ތަފާސްހިސާބުތަކުން ދައްކައި ދޭގޮތުން ދެހާސް އަށާރަވަނަ އަހަރު ދުނިޔޭގައި 1.3 މިލިއަންމީހުން ވަނީ ޕްރޮސްޓޭޓް ކެންސަރ އަށް އަލަށް ޑައިގްނޯސް ކުރެވިފައެވެ. ބުނެވޭ ގޮތުގައި ކޮންމެ ނުވަ ފިރިހެނަކުން އެކަކަށް މިބަލި ޖެހޭނެ އެވެ.

ޕްރޮސްޓޭޓް ކެންސަރު އުފެދެނީ މި ގްލޭންޑް ގެ ސެލްތައް ކޮންޓްރޯލް އިން ނެއްޓި އިތުރުވަމުން ދިއުމުންނެވެ. މިއީ ހަމައެކަނި ފިރިހެނުންގެ ހިމެނޭ ގްލޭންޑް އެކެވެ. މިގްލޭންޑް އަކީ މަނީގެ އެކުލެވޭ ދިޔައިގެ ބައެއް އުފައްދައި ދޭ ގްލޭންޑް އެކެވެ. މިގޮލޭންޑް އިންނާނީ ކުޑަކަމުދާ އެއްޗެހި ޖަމާވާ މަސާނާ ގެ ތިރީ ގައެވެ. މިގޮލޭންޑް އެކުލެވޭނީ މަސާނާގެ ތިރީގަ ވަށައިގެން، ފުރަގަސް ފަރާތުގެކުރިމަތީގަ އެވެ. ޕްރޮސްޓޭޓް ގޮލޭނޑް ގެފަހަތުގައި އިތުރު ގްލޭންޑް ތަކެއް (ސެމިނަލް ވެސިކަލްސް، މިއީ މަނީގަ އެކުލެވެދިޔައިގެ ބޮޑުބައެއް އުފައްދައިދޭ) ހިމެނެއެވެ. ފިރިހެނެއް ގެ ކުރިމަތި ފަރާތުގަ ގަ އެކުލެވޭ ކުޑަކަމުދާހޮޅި ދަތުރުކުރާނީ ޕްރޮސްޓޭޓް ގުލޭންޑް ގެ މެދުން ކަހަލަ ގޮތަކަށެވެ. މިއީ ކުޑަކަމުދާ ހޮޅިޔާ މަސާނާޔާ ގުޅޭހިސާބެވެ. ޕްރޮސްޓޭޓް ގްލޭންޑް އަކީ ފިރިހެނެއް ގެ އުމުރުން ދުވަސް ވާވަރަކަށް ބޮޑުވާ އެއްޗެކެވެ.

ޕްރޮސްޓޭޓް ގްލޭންޑްގެ ކެންސަރުގެ ވައްތަރުތައް:

  • ޕްރޮސްޓޭޓް ކެންސަރު ގެ އެންމެ އާންމު ވައްތަރަކީ ”އެޑިނޯކާސިނޯމާ“ އޭކިޔޭވައްތަރެވެ. މިއީ މި ގްލޭންޑް ގެ ފަށަލައި ގެ ސެލް ތަކުން އުފެދޭ ކެންސަރެކެވެ. މިއީ އެންމެ އާންމު ވައްތަރުވެސް މެއެވެ. ޕްރޮސްޓޭޓް ކެންސަރުގެ ވާހަކަ ދައްކާއިރު އެ އިޝާރާތްކުރެވެނީ މިވައްތަރުގެ ކެންސަރަށެވެ.
  • ޕްރޮސްޓޭޓް ގޮލޭންޑް އިން އުފެދިދާނެ އިތުރު ވައްތަރުގެ ކެންސަރްތައް:
  • ސްމޯލްސެލް ކަރސިނޯމާ
  • ނިއުރޯއެންޑޯކްރައިން ޓިއުމަރ (ސްމޯލްސެލް ކަރސިނޯމާގެ އިތުރުން)
  • ޓްރާންސިޝަނަލް ސެލް ކާސިނޯމާސް.
  • ސާރކޯމާ

ޕްރޮސްޓޭޓް ކެންސަރުގެ މަދު ވައްތަރަކީ ކުރުމުއްދަތެއްގެ ތެރޭގައި ބޮޑުވެ ފެތުރޭ ވައްތަރެކެވެ. ނަމަވެސް ގިނަ ވައްތަރަކީ ވަރަށް ލަހުން ބަދަލުއަންނަ (ބޮޑުވެ، ފެތުރޭ) ވައްތަރެކެވެ.

ނޯޓް: ގިނަ ހޯދުންތަކުން ދައްކާ ގޮތުގައި ފިރިހެނުން (އުމުރުން ދުވަސްވީ އަދިބައެއް ޒުވާނުން) އެހެނިހެން ސަބަބުތަކުން ނިޔާވުމަށް ފަަހުހެދޭ އޯޓޮޕްސީ ގައި ޕްރޮސްޓޭޓް ކެނަސަރ ތަފާތު މަރުހަލާތަކުގައި ފެނެއެވެ. ނަމަވެސް މިއިން އެއްވެސް ބައްޔެއްގެ އުނދަގުލެއް (އަދި އަލާމާތެއް) ދުނިޔޭގައި ހުރިއިރަކު ނުފެނެއެވެ.

ޕްރޮސްޓޭޓް ކެންސަރު އަށް ބަދަލުވުމެގެ މަރްހަލާއެއް ކުރިން (ޕްރީ ކެންސަރަސް ސްޓޭޖް)

ބައެއް ދިރާސާތަކުން ދައްކާގޮތުގައި ޕްރޮސްޓޭޓް ކެންސަރ ފަށަނީ، ކެންސަރ އައް ބަދަލުވުމުގެ އެއްމަރްހަލާ އެއް ވަރުކުރިންނެވެ. ނަމަވެސް މިއީ ކަށަވަރުކުރެވިފައި ވާކަމެއް ނޫނެވެ. ބައެއް ފަހަރު ޕްރޮސްޓޭޓް ބަޔޮޕްސީ އަކުންވެސް މިފަދަ ބަދަލުތައް ފެނެއެވެ.

ޕްރޮސްޓެޓިކް އިންޓްރާއެޕިތީލިއަލް ނިއޯޕްލޭސިއާ(ޕީ.އައި.އެން)

މިފަދަ ބަދެއްލެއް ގައި މައިކްރޮސްކޯޕް އަކުން ބަލާއިރު ޕްރޮސްޓޭޓްގެ ސެލްތަކަށް ބަދަލު އައިސް ފަ ހުރެއެވެ. ނަމަވަވެސް މިފަދަ ބަދަލެއްއައިސްފައި ހުންނަސެލްތައް ވެސް އާންމުކޮށް ކެންސަރަށް ބަދަލު ވެފައިވާ ސެލްތައްހެން، ޕްރޮސްޓޭޓް ގެ ހިސާބުތަކަށް ފެތުރިފައެއް ނުހުރެއެވެ. އެހެންވެ މިފަދަ ބަދަލެއް އައިސް ފައިވާ މިންވަރަށް ބަލާފަ،ފަރުވާކުރުމަށް ފަސޭހަޔަކަށް، މައިގަނޑު ދެބަޔަކަށް ބެހިގެންދެއެވެ.

ލޯ ގްރޭޑް(ޕީ.އައި.އެން) : ސެލްތަކުގެ ވަނަވަރުތަކަށް (ސެލްތަކުގެ ތަރުތީބު، ބައްޓަން އަދި ސައިޒުފަދަ) ގާތްގަނޑަކަށް ރަނގަޅަށް ހުރުން.

ހައި ގްރެޑް(ޕީ.އައި.އެން) :ސެލްތަކުގެ ވަނަވަރުތަކަށް (ސެލްތަކުގެ ތަރުތީބު، ބައްޓަން އަދި ސައިޒުފަދަ)  ބޮޑަށް ބަދަލު އައިސް ފައި ހުރުން.

ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ކުރުން

ފަރުވާއަށް މީހަކު ހުށައެޅުމުގެކުރިން ވިސްނާލަން ވީ ކަންކަން

ޕްރޮަސްޓޭޓް ކެންސަރ އަށް ހުށެހެޅޭ ގިނަމީހުންނަކީ ބަލީ ގެ ކުރީ ކޮޅު ފަރުވާ އަށް ހުށަ ހެޅޭމީހުންނެވެ. އަދި ޓިއުމަރުގެ ސައިޒު ކުޑަ ވެފަ ބަލި ލިމިޓުވެފަ ވާނީ ޕްރޮސްޓޭޓް ގްލޭންޑް އަށެވެ. މިފަދަ މީހުންނަށް ފަރުވާކުރުމަށް ގިނަ ތަފާތު ވަސީލަތާ ގޮތްތަކެއް ހުރެއެވެ.

ފަރުވާ ގެ (ހުލާސާ)

ގާތުން ކަނޑައެޅި ފައިވާ އުސޫލުތަކެއް ގެ މަތިން ބަލަމުން ގެންދިއުން ”ވޮޗްފުލް ވެއިޓިން ނުނީ އެކްޓިވް ސަރވެލަންސް“

ޕްރޮސްޓޭޓް ގެ އޮޕަރޭޝަން

ރޭޑީއޭޝަން

ކްރަޔޯތެރަޕީ

ހޯމޯން ތެރަޕީ

ކީމޯތެރަޕީ

އިމިއިނޯ ތެރަޕީ

ފަރުވާއެއް ހިޔާރުކުރުމުގެ ކުރިން ވިސްނާލުމަށް!

ޕްރޮސްޓޭޓް ކެންސަރަށް ޑައިގްނޯސް ވާ ކޮންމެ މީހަކީ ވަގުތުން ފަރުވާ ފަށަންޖެހޭ މީހެއްނޫނެވެ. މިސާލެއް ދަންނަވަނީ ނަމަ ބަލި ވަރަށް ކުރީ ކޮޅުފެނިއް ޖެނަމަ، ފަރުވާޔަކާ ހަމައަށް ދިއުމުގެ ކުރިން ވިސްނާލަންޖެހޭ އުމުރާ، އާންމު ސިއްހަތު، ފަދަ ކަންކަމާ،ބައްޔާ (ޕްރޮސްޓޭޓް ކެންސަރ) އާހެދި މުސްތަގުބަލުގައި މައްސަލަ އެއް ދިމާވެދާނެ ތޯފަދަ ކަންކަމެވެ.

ޚާއްސަ ކޮށް ފަރުވާގެ ސަބަބުން ދިމާވެދާނެ ނޭދެވޭ ކަންކަމާ އެކަމުގެ ސަބަބުން ތިބާއަށް ދިރިއުޅުމަށް އަންނާނީ ކިހާ ވަރެއްގެ ދަލުތަކެއްތޯ ބަލަން ޖެހެއެވެ. މިސާލަކަށް އެއްބައި ފަހަރު ފަރުވާ އަށްފަހު ކުޑަކަމު ދިޔުން ނުހިފެހެއްޓުން އަދި ޖިންސީ ގުނަވަނުގައި ބާރު ނެތުން ފަދަ ކަންކަން ދިމާ ވުން އެކަށީގެން ވެއެވެ. އެހެން ކަމުން މިފަދަ ނޭދެވޭ އަސަރުތަކުން ދުރުހެލި ވެހުރުމަށް އެއްބައިފަހަރު، މިކަން ކަމުން ރައްކާތެރިވު މަށް، ފަރުވާ ފަސް ކުރެއެވެ. އަނެއްބައި މީހުން ބޭނުން ވާނީ މިފަދަ މައްސަލަ ތައް ދިމާވިކަމުގައި ވިޔަސް ކެންސަރުގެ ބައި ހަށިގަނޑުން ނަގާ އަވަހަށް ފަރުވާ ޔާގެން ކުރިއަށް ދިއުމެވެ.

އުމުރުން ދުވަސް ވެ ނޫނީ އިތުރުބޮޑެތި ސިއްހީ މައްސަލަ ތައް ކުރިމަތިވެފައިވާނަމަ، އަދި ހަށިގަނޑުގައި އުފެދިފައި ވާކެންސަރު އަކީ ލަސް ލަހުން ބޮޑުވާ ވައްތަރެއް ނަމަ، މި ބައްޔަކީ އެހެނިހެން ގިނަދުވަހު ބޭސް ކުރަން ޖެހޭ ފަދަ ބައްޔެއްކަމަށް ވިސްނައިގެން، ފުރާނަޔަށް ގެއްލުން ނުވިކަމުގައި ވިޔަސް، ނުއެދޭ އަލާމާތް ތަކެއް ހުރެދާނެ ބައްޔެއްކަމަށް ބަލައިގެންނެވެ. މިފަދަ ހާލަތެއްގައި ވަރަށަ ގާތުން ކަނޑައެޅި ފައިވާ އުސޫލުތަކެއް ގެ މަތިން ބަލަމުން ގެންދިއުން ”ވޮޗްފުލް ވެއިޓިން ނުނީ އެކްޓިވް ސަރވެލަންސް“ ހިޔާރުކުރުން އެންމެ ރަނގަޅުވާނެއެވެ. މިފަދަ ހާލަތް ތަކުގައި ފަރުވާގެ ތެރޭގައި ހިމެނޭ، ފަރުވާގެ ސަބަބުން ނޭދެވޭ މައްސަލަތައް ދިމާވެދާނެ ފަރުވާ ( އޮޕަރޭޝަން ނުނީ ރޭޑިއޭޝަން) އާދުރުވުން މީ އެންމެ ބުއްދިވެރި ކަމެއްކަމުގައި ވާނެއެވެ. އުމުރު އެކަނި މީ ހުރަހެއްކަމުގައި ބަލިގެން ނުވާނެ އެވެ. ވަރަށް ގިނަ ފިރިހެނުން ނަކީ ހަތްދިހައަހަރުގައި ނަފްސާނީ ދުޅަހެޔޮކަމާ އާންމު ސިއްހަތު އެންމެ ރަނގަޅު މީހުންނެވެ.

ގިނަޑޮކްޓަރުން އެއްބަސްވާގޮތުގައި ބަލީގެ އެންމެ ފުރަތަމަ މަރްހަލާ (ސްޓޭޖް) ގައި، އޮޕަރޭޝަން، އެކްސްޓަރނަލް ރޭޑިއޭޝަން، އަދި ބްރޭކީތެރެޕީ އަކީ ބަލިން ރަނގަޅުކުރުމަށް ދެވޭއެންމެ އެއްވަރުގެ ފަރުވާއެކެވެ. ނަމަވެސް މިފަދަ ކޮންމެ ވަސީލަތެއް ގައިވެސް ތަފާތު ސައިޑް އިފެކްޓް ތަކެއްހުރެއެވެ. އެންމެރަނގަޅު ފަރުވާއެއް (ކޮންމެ ސްޓޭޖް) ނިންމުމަކީ އުނދަގޫކަމަކަށް ވެދާނެއެވެ. ޚާއްސަކޮށް، މިފަހަކަށް އައިސް އައު ވަސީލަތްތަކެއް ފަރުވާއަށް ތައާރަފް ކުރެވެމުން ދާއިރު، މިސާލަކަށް ރޮބޮޓިކް ސަރޖަރީ (ރޮބޮޓް ބޭނުން ކޮށްގެން ޕޮރޮސްޓޭޓް އޮޕަރޭޝަން ކުރުން)، ޕޯޓޯން ބީމް ރޭޑިއޭޝަން،އަދި ހައި އިންޓެންސިޓީ ފޯކަސްޑް އަލްޓްރަ ސައުންޑް ފަދައެވެ. މިފަދަ އައު ވަސީލަތް ތަކަކީ އުންމީދު އިތުރުވެ،ފަރުވާ އަށްލިބޭ ބޮޑު ކުރިއެރުމެކެވެ. ނަމަވެސް މިފަދަ ވަސީލަތް ތަކުގެ ފަރުވާކުރުމުގެ ތަޖުރިބާ މަދުވުމުން، މިހާރުކުރެވޭ ފަރުވާތަކާ އަޅާކިއުން އަދިވަނީ އުނދަގޫކަމަކަށެވެ.

Leave a Comment