ޝާއިއު ކުރެވުނީ: ޑިސެމްބަރ 22, 2023 ލިޔުނީ: ޑރ. ޝިފާން ކޮމެންޓްތައް: 0

މިއީ ވަރަށް އާންމު އަލާމާތެއް!

ދިރާސާތަކުން ދައްކާގޮތުގައި އުރަމަތީގެ ބައްޔަކަށް ޑޮކްޓަރަށް ދައްކާ މީހުންގެ 45-75% މީހުން އަންނަނީ އުރަމަތީގަރިއްސާތީ އެވެ. އެހެންކަމުން، އުރަމަތީގެ ބަލިތަކުގެ އަލާމާތް ތަކުގެ ތެރެއިން އެންމެ އާންމު އަލާމާތަކީ ވެސް މިއީއެވެ. މިފަދަ ރިއްސުމަކީ ގިނަފަހަރު މާބޮޑުސަމާލު ކަމެއް ބޭނުންވާ ކަމެއް ނޫނެވެ. ނަމަވެސް ބައެއްފަހަރު ރިއްސުން ބޮޑުވެ އާންމު ދިރިއުޅުމަށް ހުރަސް އެޅެއެވެ. (މިސާލަކަށް އަމިއްލައަށް ހެދުން ބަދަލުކޮށްއުޅުމާ، ނިދީގައި އެއްފަރާތަށް ޖެހުންފަދަކަންކަން ކުރަން ދަތި ވުމެވެ.)މިފަދައިން އުރަމަތީގައި ރިއްސުން މައިގަނޑު ގޮތެއްގައި ބެހިގެން ވަނީ ދެ ބަޔަކަށެވެ. މައްސަރު ކަންތަކާ ގުޅިގެން އުރަމަތީގައި ރިއްސުމަށް ”ސައިކްލިކަލް މެސްޓެލްޖިއާ“ އޭ ކިޔެއެވެ. އަދި މިނޫންގޮތަށް އަންނަ ތަދަށް “ އޭ ސައިކްލިކަލް މެސްޓެލްޖިއާ“ އޭކިޔެއެވެ. މޭމަތީގެ (އުރަމަތީ ގެ ޓިޝޫ ނޫން) އެހެނިހެން ހިސާބުތަކުން (މިސާލަކަށް ކަށި ގަނޑު ނޫނީ ނޭވާލުމުގެ ނިޒާމުގައި ހިމެނޭ މަސްތަކާއި މޭމަތީގެ ކަށިތަކުން) އަންނަ ތަދުވެސް އުރަމަތީގައި ހުންނަ ރިހުމެއްހެން ބައެއްފަހަރު ފެނިދާނެއެވެ. މިފަދަ ތަދަށް ”އެކްސްޓްރާ މެމަރީ ޕެއިން“ އޭކިޔެއެވެ. ޚާއްސަކޮށް ”ކޮސްޓޯ ކޮންޑްރައިޓިސް“ ނޫނީ ނޭވާލާ ނިޒާމުގަހިމެނޭ ބައެއް ކަމުގައިވާ އަރިކަށީގެ ކަށިތަކުގެ ހުޅު ތަކުގައި (މަޑުކަށިތަކުގައި) ރިއްސުމަކީވެސް މި ތަދުގެ ތެރޭގައި ހިމެނޭ މުހިއްމުސަބަބެކެވެ.

އުރަމަތީގައި ރިއްސުމާއި ކެންސަރު

އުރަމަތީގައި ރިއްސުމަކީ އާންމުކޮށް އުރަމަތީގެ ކެންސަރުގެ އަލާމާތެއްނޫނެވެ. ދުނިޔޭގެ އެކިހިސާބުތަކުގައި 2016-2019 ވަނަ އަހަރުގެ ނިޔަލަށް ހެދިފައިވާ ދިރާސާތަކެއް ގެ ހުލާސާއަށް ބަލާލާނަމެވެ. މިދިރަސާތަކުގައި ޖުމްލަކޮށް 1881 އަންހެނުން (މައިގަނޑު ޝަކުވާއަކީ އުރަމަތީގައި ރިއްސުން) ވަނީ ބައިވެރިވެފައެވެ. މީގެ ތެރެއިން އުރަމަތީ ގެ ކެންސަރު ފެނިފައި ވަނީ 3.5-0 % މީހުން ގެއެވެ.{ 5-2}.

ސަބަބު:

  • ހަށި ގަނޑުގައި ބަދަލުވަމުން އަންނަ ހޯމޯން އާއެކު، ކިރުއުފައްދައި، ޖަމާކޮށް ދައުއުރުކުރާ ނިޒާމަށް ބަދަލުތަކެއް އާދެއެވެ. މިގޮތުން ކުދި ފެންކޮތަޅު (ސިސްޓް) އުފެދެއެވެ. އަދިމިފަދައިން އުފެދޭ ”ސިސްޓް“ އަކީ މައްސަރު ކަންތަކާ ގުޅިގެން އުރަމަތީގައި ރިއްސުމުގެ މުހިއްމު ސަބަބެކެވެ.
  • އުރަމައްޗައް އަނިޔާއެއްވުން، އުރަމަތީގެ އޮޕަރޭޝަނެއްކުރުން ފަދަ ކަންކަމަކީ މައްސަރުކަމާނުގުޅި އުރަމައްޗަށް އަންނަ ތަދު ނޫނީ ރިހުމުގެ މުހިއްމު ސަބަބެކެވެ.
  • ބައެއްފަހަރު ސީދާ ސަބަބު ނުހޯދިދާނެއެވެ. ނަމަވެސް ބައެއްކަން ކަމަކީ މިފަދަ އިން އުރަމަތީގައި ރިއްސުމަށް މަގުފަހި ކޮށްދޭ ކަންކަމެވެ. މިގޮތުން :
  • އުރަމަތީގެ ސައިޒު: އުރަމަތި ބޮޑުވެ ބަރުވުން މިއީ އުރަމަތި އިތުރުން ކަނދުރާއާއި ކޮނޑުގައި ރިއްސުމަށް މަގުފަހި ކޮށްދޭ މުހިއްމު ސަބަބެކެވެ.
  • އުރަމަތީގެ އޮޕަރޭޝަނެއް ކޮށްފައިހުރުން: އުރަމަތީގައި ލަކުނުލުމަކީ ފާރު ފަސޭހަވުމައްފަހުވެސް އުރަމަތީގައި ރިއްސުމަށް މަގުފަހި ކޮށްދޭ ކަމެކެވެ.
  • އުރަމަތި، ދައުރުވާ ހޯމޯން ތަކަށް އަސަރުކުރާ މިން އިތުރުވާފަދަ ކަންކަން: މިސާލަކަށް ހަށިގަނޑުގެ ތެރޭގައި އެކުލެވޭ ސެލްތަކުގައި ސަރުބީގެ ބައިގެ މިންހެޔޮކަން ގެއްލުން.“ފެޓީ އެސިޑް އިމްބެލަންސް“
  • ބޭނުންކުރެވޭ ބޭހެއްގެ ސަބަބުން: ބައެއް ހޯމޯން އެކުލެވޭ ބޭސްތައް، މިސާލަކަށް ދަރިމައި ކުރުމަށް ދެވޭ ފަރުވާގެތެރޭ ގައި ހިމެނޭ އަދި ދޭތެރެ ދުރުކުރުމަށް ބޭނުން ކުރެވޭ ބައެއް ބޭސްތައް ހިމެނެއެވެ. އަދި އިއްދައިން ކެނޑުމަށްފަހު ”ހޯމޯން“ ފަރުވާ ގައި ބޭނުން ކުރާ ”އިސްޓޮރޯޖަން“ އަދި ”ޕޮރޮޖެސްޓަރޯން“ ހޯމޯން ހިމެނެއެވެ.
  • ކެފެއިން އިތުރުވުން: ހެދިފައި ވާބައެއް ދިރާސާގެ އަލީ ގައި، ބައެއް ފަހަރު ”ކެފެއިން“ ބޭނުން ކުރާމިންވަރު މަދު ކުރުމުން، އުރަމަތީގެ ރިހުމަށް ލުއިކަންލިބެއެވެ.

ރައްކާތެރިވުން:

ތިރީގައި އިޝާރާތްކޮށްފައިވާ ކަންކަމުން ބައެއްފަހަރު މިފަދަ ވޭނަކުން ރައްކާތެރި ވެވިދާނެއެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ މިފަދަ ކަމެއްދިމާވެދާނެ ސަބަބުތައް ގިނަކަމެވެ. އަދި އެފަދަ ކަމެއް ކަށަވަރުކޮށް އިނގޭނަމަ ހައްލެއް ހޯދުމަކީ ކުރެވިދާނެ ކަމެކެވެ.

  • ހޯމޯން ފަރުވާ ބޭނުން ނުކޮށް ވާނަމަ އެގޮތް ހިޔާރުކުރުން.
  • ވަކިހާއްސަ ބޭހަކުން މިފަދަ ތަދެއް އިތުރުވާނަމަ އެކަން ފާހަގަ ކޮށް ޑޮކްޓަރުގެ ސަމާލުކަމަށް ގެނެސް، ބޭސް ބަދަލުކުރުން.
  • ބޭނުން ކުރާ ބްރާ އަކީ ހެޔޮވަރުގެ އެއްޗަކަށް ވުން، އަދި ކަސްރަތާއި ކުޅިވަރު ކުޅޭއިރު ކުޅިވަރަށް ހާއްސަ ”ސްޕޯޓްސް ބްރާ“ އެއްބޭނުން ކުރުން (ނޯޓް: މިފަދަ އިން އަމަލުކުރުމުން އުރަމައްޗަށް އަނިޔާވުން ދުރުވެއެވެ.)
  • ކެފެއިން ހިމެނޭ ތަކެތި މަދުކުރުން
  • ބުރަކޮށް، ބަރުއުފުލަމުން ކުރާ ކަސްރަތު ތައް ގިނައިން ނުކުރުން.
  • ސަރުބީ މަދު ކާނާ ބޭނުން ކުރުން.
  • ލުއިކަސްރަތު އަދި ޔޯގާ ފަދަ (ހަށިގަނޑާއި ސިކުނޑި އަށް ލުއިކަން ގެނުވައިދޭ) ކަންކަމަކީ، އާންމުދިރިއުޅުމުގެ ބައެއްކަމުގައި ހެދުން. (”ސްޓްރެސް“ އާއި ސިކުނޑީގެ ނުތަނަވަސް ކަމުންދުރުވުން)

އުރަމަތީގައި ރިއްސުން (މައިގަނޑު ދެވައްތަރު،  ހުލާސާއެއް)

 

މައްސަރު ކަމާއެކު އަންނަ ތަދު ”ސައިކްލިކަލް މެސްޓެލްޖިއާ“ މައްސަރު ކަންތަކާ ގުޅުން ނެތް ”އޭ ސައިކްލިކަލް މެސްޓެލްޖިއާ“
މިފަދަ ތަދު އަންނާނީ ބަދަލުވަމުން އަންނަ ހޯމޯން އާއެކު ޕީރިއަޑް އާ ގުޅިގެންނެވެ އުރަމަތީގައި ރިއްސާނީ ޕީރިއަޑްގައި ބަދަލު ވަމުން އަންނަ ހޯމޯން އާއި އެއްވެސް ގުޅުމެއް ނެތިއެވެ.
ތަދު އިހްސާސް ކުރެވޭނީ ސީދާބުނެދޭން ނޭގޭ ގޮތަކަށް، އުރަމައްޗަށް ބަރުވެ ފުރިފަ ހުންނަ ގޮތަކަށް، ބައެއް ފަހރު ”ވިންދު“ ޖަހާހެން. ތަދު އިހްސާސް ކުރެވޭނީ އުރަމައްޗަށް ބަރުވެ ތޫނު، އެއްޗެއް ހެރޭފަދަ ގޮތަކަށެވެ.
އާންމުކޮށް މިފަދަ ތަދެއް އިހްސާކުރެވޭނީ އުރަމަތި ދުޅަވެ، ބަރުވެ އަދި އުރަމަތީގައި ގަނޑުލުމާއެކުއެވެ.
  ތަދު އަބަދު ހުރުން ނޫނީ ދޭތެރެދޭތެރެއިން ތަދު އައުން ( ޕީރިއަޑް ދުވަސް ވަރާ އެއްވެސް ގުޅުމެއް ނެތި)
އާންމުކޮށް ދެ އުރަމަތީގައި އެއްފަހަރާ ރިއްސުން، ގިނަފަހަރު އުރަމަތީގެ މަތީ އަދި ކިހިލިފަތާ ދިމާލުގަ ރިއްސުން، އަދި ރިހުން ކިހިލިފަތާ އަތުގެ ދަށްފަރާތަށް ފެތުރުން އާންމުކޮށް ރިއްސާނީ އެއް އުރަމތީގައެވެ، އަދި ފަސޭހައިން ބުނެދޭން އިނގޭފަދަ ”އެއް“ ތަންކޮޅެއްގައެވެ. ނަމަވެސް ބައެއްފަހަރު އެއްތަންކޮޅަކަށް ވުރެ ބޮޑަށް، ތަދު މުޅި އުރަމައް ޗަށް(އެއްފަރާތައް) ފެތުރެއެވެ.
މިފަދަ ތަދެއް އެންމެ ބޮޑުވަމުން އަންނާނީ މައްސަރު ކަންތައް ޖެހުމުގެ ދެހަފްތާވަރު ކުރިންނެވެ، އަދި މައްސަރު ކަންތައް ޖެހުމަށް ފަހު މަޑުމަޑުން އަމިއްލަ އަށް ރަނގަޅުވެދެއެވެ. އަންހެނުންނަށް، އާންމު ކޮށް މިފަދަ ތަދެއް އިހްސާސް ކުރެވެން ފަށާނީ އިއްދައިން ކެނޑުމަށްފަހުއެވެ.
މިފަދަ ތަދެއް އާންމުކޮށް އިހްސާސް ކުރެވޭނީ ޒުވާން ދުވަސް ވަރުގަ އެވެ. އަދި ބައެއްފަހަރު އުމުރުން ސާޅީހުން މަތީގެ އަންހެނުން، އިއްދަޔާ ގާތް ވެފައިވާ އަންހެނުންނަށް ވެސް މިފަދަ އިން ދިމާވެއެވެ.

ޑޮކްޓަރެއްގެ ލަފާ ހޯދާނީ ކޮންއިރަކުން؟

ތަދުނުފިލާ އަބަދުހުރުން (މިސާލަކަށް: އެތައްހަފްތާއެއް ތަދުނުފިލާހުރުން).

އުރަމަތީ ގެ އެއްތަންކޮޅެއްގައި ރިހުން ހުރުން.

ގިނަދުވަސް ވާވަރަކަށް ތަދުބޮޑުވުން.

ތަދާއިހެދި އާންމުކޮށް ކުރާ ހަރަކާތްތަކަށް ބުރޫއެރުން.

ތަދާއި ހެދި ރޭގަނޑުގެ ނިދިން މަހްރޫމްވުން.

(ނޯޓް: ކުރިންވެސް ބަޔާން ކުރެވިދިޔަހެން، އުރަމަތީގެ އެންމެ މައިގަނޑު އަލާމާތަކީ ތަދު/ ނޫނީ އުރަމަތީގައި ރިހުން ކަމުގައި ވާނަމަ، އެއީ އުރަމަތީގެ ކެންސަރަށް ވުމަކީ ދުރުކަމެކެވެ، ނަމަވެސް ޑޮކްޓަރަކު ބެލުމަށް ފަހު ކަށަވަރުކުރުމުގެ ގޮތުން ބައެއްފަހަރު އިތުރަށް ބަލާ ތަހްލީލު ކުރެއެވެ. އަދި ބައެއްފަހަރު ވަކި ހަމައެއްގެ ދަށުން އަލުން ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދޭނެއެވެ.)

Leave a Comment