އުރަމަތީގައި ދުޅައެއް އުފެދިއްޖެކަން ފާހަގަ ކުރެވިއްޖެނަމަ އެކަން ރަގަޅަށް ބަލައި ޓެސްޓްތައްކޮށް އެއީ ކޮންކަހަލަ ދުޅައެއްކަން ދަނެގަތުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ...
ޑރ. އުބައިދު
އަޅުގަނޑު ޑރ. ޢަބްދުﷲ ޢުބައިދު އަކީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއަރ ކޮންސަލްޓަންޓް އިން ސާޖަރީގެ މަގާމު އަދާކުރަމުންދާ ޖެނެރަލް ސާރޖަރީގެ ސްޕެޝަލިސްޓެއް. އަދި މިވަގުތު އެ ހޮސްޕިޓަލުގެ ޖެނެރަލް ސާޖަރީ ޔުނިޓް ގެ ލީޑަރުވެސް މެ. މީގެ އިތުރުން ހުޅުމާލޭގެ ޓްރީޓޮޕްހޮސްޕިޓަލުގައިވެސް އަޅުގަނޑު ޕާރޓްޓައިމްކޮށް އޯޕީޑީ ހެދުމާއި އަދި އޮޕަރޭޝަންވެސް ކުރަން.
އަޅުގަނޑު ޑޮކްޓަރީ ރޮގުން މަތީ ތައުލީމު ހާޞިލްކުރީ މިސްރުގެ ގާހިރާގެ އަލްއަޒްހަރު ޔުނިވަރސިޓީއިން. އޭގެ ފަހުގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި 2 އަހަރު ވަޒީފާ އަދާކުރުމަށްފަހު އޮޕަރޭޝަންގެ ރޮގުން ޚާއްޞަވުމަށްޓަކައި މާސްޓަރސް އިން ޖެނެރަލް ސާޖަރީ ހެދީ ނޭޕާލްގެ ކަތަމަންޑޫގެ ޓްރިބުވާން ޔުނިވަރސިޓީގައި. އޭގެ ފަހުގައި ޖެނެރަލް ސާޖަންއެއްގެ ގޮތުގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލާއި ގުޅުނިން. އަދި އޭގެ ފަހުގައި 2016 ވަނަ އަހަރު ނިވްޒީލެންޑްގެ އޯކްލެންޑް ޔުނިވަރސިޓީއޮފް ޓެކްނޮލޮޖީގައި ދެވަނަ މާސްޓަރސް އެއް ހެދުމަށްޓަކައި ދިޔައިން. އެގޮތުން 2018 ވަނަ އަހަރު އެ ޔުނިވަރސިޓީއިން މާސްޓަރސް އިން ހެލްތްއިންފޮމަޓިކްސް ހާޞިލް ކުރިން އަދި އޭގައި އަޅުގަނޑުގެ ރީސާރޗަށް އެ ޔުނިވަރސިޓީގެ ޑީންސް އެވޯޑް ލިބުނު. މި ޑިގްރީތަކުގެ އިތުރުން، އޮޕަރޭޝަންތަކާއި ގުޅޭ ތަފާތު ޓްރެއިންތަކާއި އަދި ވޯކްޝޮޕްތަކާއި ކޮންފަރެންސްތަކަށް އެޓެންޑްކޮށް އާ ޓެކްނިކްސްތަކާއި އާ އަލަށް ހޯދޭ އީޖާދުތައް ބޭނުންކޮށްގެން އޮޕަރޭޝަން ކުރާނެ ހުނަރު ދަސްކޮށްފައިވާނެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ލަޕަރޮސްކޮޕިކް ސާޖަރީގެ ޓްރެއިނިން އާއި އޭގެ ޓެކްނީކްސް ތަކެވެ.
އަޅުގަނޑުޖެނެރަލް ސާރޖަންއެއްގެ ގޮތުން މި ހޭދަކުރަމުންދާ 17 ވަރަކަށް އަހަރުގެ ތެރޭގައި 8 ހާސް ވަރަކަށް އޮޕަރޭޝަން ކުރެވިދާނެ ކަމަށް ލަފާކޮށްފައިވޭ. އަދި އޭގެ ތެރޭގައި ކުރިއްސުރެ ރާވައިގެންކުރާ ކުރާ އިލެކްޓިވް އޮޕަރޭޝަންތަކާއި އަދި އިމަރޖެންސީގައި ފުރާނަ ސަލާމަތްކުރުމުގެ ގޮތުން ކުރާ އޮޕަރޭޝަންތައް ހިމެނޭ. ކުދި ކުދި އޮޕަރޭޝަންތަކާއި އަދި ބޮޑެތި އޮޕަރޭޝަންތަކުގެ އިތުރުން ބޮޑެތި މީހުންނާއި ކުޑަކުދިންގެ އޮޕަރޭޝަންތައް ހިމެނޭ.
ފާއިތުވެ ދިޔަ ގަރުނުގެ ތެރޭގައި އެކި ދާއިރާ ތަކުން އިންސާނުން ހޯދާފައިވާ ކާމިޔާބީތައް ވަރަށްވެސް ގިނައެވެ. އޭގެ ތެރެއިން ޞިއްހީ ދާއިރާގައި ހޯދާފައިވާ...
މި މައްސަލަ އެންމެ ގިނައިން ދިމާވަނީ ފުރާވަރަށް އަރާ ޒުވާން ކުދިންނަށް ކަމަށްވާތީ މިކަމާ، ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލާ ގުޅުމެއްވާކަމަށް ގަބޫލުކުރެވެއެވެ.
ފުރަގަސްފަރާތުގައި އުފެދޭ ފިސްޓުލާގެ އެންމެ މުހިއްމު ފަރުވާއަކީ އުފެދިފައިވާ މަގު ނެގުމަށްޓަކައި އޮޕަރޭޝަން ކުރުމުވެ. ނަމަވެސް މި ބައްޔަށް ދޭ އޮޕަރޭޝަން ފަރުވާގެ...
ފުރަގަސްފަރާތުގައި ދުވަސްކޮޅުކޮޅުން ދޮސް އަންނަ ނުހިކި ހުންނަ ފާރުކޮޅެއްހުރުމަކީ އާއްމުގޮތެއްގައި ފިސްޓުލާ ހުންނަ ބަލިމީހުންގެ ޝަކުވާއެވެ.
މިގޮތުންބަލާއިރު ހަށިގަނޑުން ބޮޑުތަނެއް ފަޅާނުލައި، ކުޑަ ލޯވަޅެއް އަޅައިގެން ކުރާ އޮޕަރޭޝަންތައް ރާއްޖޭގައި ތައާރަފް ކުރެވުނުތާވެސް މިހާރު 10ވަރަކަށް އަހަރުވެގެންދަނީއެވެ. މި މުއްދަތުގެ...
އެއްވެސްބައްޔަކަށް ފަރުވާ ކުރަންފެށުމުގެ ކުރިން އެ ބަލި ދެނެގަތުމަށްޓަކަޢި ނުވަތަ ޑައިގްނޯސް ކުރުމަށްޓަކައި ކަންތައްތަކެއް ކުރަން ޖެހެއެވެ. ފަރުވާއަކީ ބަލިދެނެގަތުމަށްފަހު ކުރަންޖެހޭ ކަމެކެވެ.
ނިޔަފައްޗަކީ ވަރަށް ގިނަމީހުންގެ ހިތްދަމައިގަންނަފަދަ އަސަރެއް އެކުލެވިފައިވާ އެއްޗެއްވެސް މެއެވެ.
ޖެނެރަލް ސާޖަރީ ނުވަތަ އާއްމުކޮށް ކިޔާ އުޅޭގޮތަށް ދަންނަވާ ނަމަ އާއްމު އޮޕަރޭޝަން ތަކަކީ މެޑިކަލް ފަރުވާގެ އެއްމެ ބޮޑު އެއްދާއިރާ ކަމުގައިވާ...
އެޕެންޑިކްސް ދުޅަވުން ނުވަތަ (Appendicitis) ގެ މާނައަކީ އެޕެންޑިކްސް ކިޔާ ގުނަވަނުގައި ޖަރާސީމު އަށަގަނެ ދުޅަވެ އަދި ބައެއްފަހަރު ދޮސްގަންނަ ގޮތް ވުމެވެ....