ޓީޝާރޓް ލައިގެން ސްކޫލްގެ އެކްޓިވިޓީތަކުގައި އުޅެން ޖެހިލުންވެ ލަދުވެތިކަމާއެކު އެކަހެރިވެ އެހެން ކުދިންނާ ވަކިން ސްކޫލްގައި އުޅެންޖެހުމަކީ ވަރަށް ހިތްދަތި ކަމެކެވެ. މިއީ...
ޑރ. އުބައިދު
އަޅުގަނޑު ޑރ. ޢަބްދުﷲ ޢުބައިދު އަކީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއަރ ކޮންސަލްޓަންޓް އިން ސާޖަރީގެ މަގާމު އަދާކުރަމުންދާ ޖެނެރަލް ސާރޖަރީގެ ސްޕެޝަލިސްޓެއް. އަދި މިވަގުތު އެ ހޮސްޕިޓަލުގެ ޖެނެރަލް ސާޖަރީ ޔުނިޓް ގެ ލީޑަރުވެސް މެ. މީގެ އިތުރުން ހުޅުމާލޭގެ ޓްރީޓޮޕްހޮސްޕިޓަލުގައިވެސް އަޅުގަނޑު ޕާރޓްޓައިމްކޮށް އޯޕީޑީ ހެދުމާއި އަދި އޮޕަރޭޝަންވެސް ކުރަން.
އަޅުގަނޑު ޑޮކްޓަރީ ރޮގުން މަތީ ތައުލީމު ހާޞިލްކުރީ މިސްރުގެ ގާހިރާގެ އަލްއަޒްހަރު ޔުނިވަރސިޓީއިން. އޭގެ ފަހުގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި 2 އަހަރު ވަޒީފާ އަދާކުރުމަށްފަހު އޮޕަރޭޝަންގެ ރޮގުން ޚާއްޞަވުމަށްޓަކައި މާސްޓަރސް އިން ޖެނެރަލް ސާޖަރީ ހެދީ ނޭޕާލްގެ ކަތަމަންޑޫގެ ޓްރިބުވާން ޔުނިވަރސިޓީގައި. އޭގެ ފަހުގައި ޖެނެރަލް ސާޖަންއެއްގެ ގޮތުގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލާއި ގުޅުނިން. އަދި އޭގެ ފަހުގައި 2016 ވަނަ އަހަރު ނިވްޒީލެންޑްގެ އޯކްލެންޑް ޔުނިވަރސިޓީއޮފް ޓެކްނޮލޮޖީގައި ދެވަނަ މާސްޓަރސް އެއް ހެދުމަށްޓަކައި ދިޔައިން. އެގޮތުން 2018 ވަނަ އަހަރު އެ ޔުނިވަރސިޓީއިން މާސްޓަރސް އިން ހެލްތްއިންފޮމަޓިކްސް ހާޞިލް ކުރިން އަދި އޭގައި އަޅުގަނޑުގެ ރީސާރޗަށް އެ ޔުނިވަރސިޓީގެ ޑީންސް އެވޯޑް ލިބުނު. މި ޑިގްރީތަކުގެ އިތުރުން، އޮޕަރޭޝަންތަކާއި ގުޅޭ ތަފާތު ޓްރެއިންތަކާއި އަދި ވޯކްޝޮޕްތަކާއި ކޮންފަރެންސްތަކަށް އެޓެންޑްކޮށް އާ ޓެކްނިކްސްތަކާއި އާ އަލަށް ހޯދޭ އީޖާދުތައް ބޭނުންކޮށްގެން އޮޕަރޭޝަން ކުރާނެ ހުނަރު ދަސްކޮށްފައިވާނެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ލަޕަރޮސްކޮޕިކް ސާޖަރީގެ ޓްރެއިނިން އާއި އޭގެ ޓެކްނީކްސް ތަކެވެ.
އަޅުގަނޑުޖެނެރަލް ސާރޖަންއެއްގެ ގޮތުން މި ހޭދަކުރަމުންދާ 17 ވަރަކަށް އަހަރުގެ ތެރޭގައި 8 ހާސް ވަރަކަށް އޮޕަރޭޝަން ކުރެވިދާނެ ކަމަށް ލަފާކޮށްފައިވޭ. އަދި އޭގެ ތެރޭގައި ކުރިއްސުރެ ރާވައިގެންކުރާ ކުރާ އިލެކްޓިވް އޮޕަރޭޝަންތަކާއި އަދި އިމަރޖެންސީގައި ފުރާނަ ސަލާމަތްކުރުމުގެ ގޮތުން ކުރާ އޮޕަރޭޝަންތައް ހިމެނޭ. ކުދި ކުދި އޮޕަރޭޝަންތަކާއި އަދި ބޮޑެތި އޮޕަރޭޝަންތަކުގެ އިތުރުން ބޮޑެތި މީހުންނާއި ކުޑަކުދިންގެ އޮޕަރޭޝަންތައް ހިމެނޭ.
ހުންކޮށި ނެގުމަކީ ނިސްބަތުން ކުޑަ އޮޕެރޭޝަނެއް ނޫނެވެ. ކުރިއްސުރެ އެކަމަށް ތައްޔާރުވެ ވެކްސިން ޖެހުމާއި އަދި ލޭގެ މައްސަލަތައް ރަގަޅުކުރުމާއި އަދި އާއްމު...
އޮޕަރޭޝަނެއް ކުރުމުގެ ކުރިން އޮޕަރޭޝަން ކުރައްވާ ޑޮކްޓަރއާއި ވާހަކަދައްކައި ކުރަން އުޅޭ އޮޕަރޭޝަން އާއި ބެހޭގޮތުން ވީހާވެސް ގިނަ މައުލޫމާތު އޮޅުން ފިލުވުމަކީ...
ހިތް ހުޅުވައިގެން ކުރާ (އޯޕެން ހާރޓް) އޮޕެރޭޝަން ތަކަކީ ނިސްބަތުން ބަލާނަމަ ވަރަށް ރިސްކު އެކުލެވޭ ބޮޑު އޮޕެރޭޝަން ތަކެކެވެ. އެ އޮޕެރޭޝަންތަކުގައި...
ދިވެހިރާއްޖޭގެ އާބާދީގެ 16 އިން ސައްތަ މީހުންގެ ގައިގައި ތެލެސީމިއާގެ ކޮންމެވެސް ވައްތަރެއް ހިމެނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދިވެހިންގެ މެދުގައި ކުރެވޭ...
ފިތުގައި ނުވަތ ގޯލްބްލަޑަރ ގައި ހިލައުފެދި އޭގެ ސަބަބުން ޕެންކްރިއަސްގެ މައިހޮޅީގެ ތެރެއަށް ކުދިކުދި ވެލިފުއްފަދަ ހިލަކޮޅުތައްވަދެ ތާށިވުމުގެ ނަތީޖާއެއްގެ ގޮތުން އެ...
ދިރާސާތަކުން ދައްކާ ގޮތުގައި ރަމަޟާން މަހުގެ ރޯދައިގެ ސަބަބުން އިންސިއުލިން ރިސެޕްޓަރ ތަކުގެ މަސައްކަތް ރަގަޅުވެ، ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވެ،...
އެއްވެސް ސަބަބަކާހުރެ ހޮސްޕިޓަލަކަށް ނުވަތަ ސިއްޙީ ޚިދްމަތް ދެވޭ ތަނަކަށްގޮސް ޑޮކްޓަރއަކަށް ދެއްކުމުން އެޑޮކްޓަރ ބަލިމީހާގެ ސިއްހީ ތާރީޚު އަހައި ނޯޓުކުރައްވާނެއެވެ. އަދި...
ވަކިގޮތަކަށް ހަމުގައި ލައްވާލެވޭ ލަކުނުތަކަކީ ބައެއްމީހުންނަށް ވަރަށް ރީތި އެއްޗެއްވެސް މެއެވެ. އެފްރިކާގެ ބައެއް ގަބީލާތަކުގެ އަންހެނުންނާއި ފިރިހެނުންގެ މޭމައްޗާއި ބަނޑުގައި ވަކިގޮތަކަށް...
ދިރާސަ ކުރައްވާ ފަރާތްތަކުން ހާމަ ކުރައްވާ ގޮތުގައި ރާއްޖޭގައި ބަލިމީހުންނަށް ފަރުވާ ކުރުމުގެ ގޮތުން ވަކި ތަނެއް ހަސްފަތާލުގެ ނަމުގައި ހުޅުވުނީ މީލާދިން...