ޑރ. ޢަބްދުﷲ އުބައިދު

އަޅުގަނޑު ޑރ. ޢަބްދުﷲ ޢުބައިދު އަކީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއަރ ކޮންސަލްޓަންޓް އިން ސާޖަރީގެ މަގާމު އަދާކުރަމުންދާ ޖެނެރަލް ސާރޖަރީގެ ސްޕެޝަލިސްޓެއް. އަދި މިވަގުތު އެ ހޮސްޕިޓަލުގެ ޖެނެރަލް ސާޖަރީ ޔުނިޓް ގެ ލީޑަރުވެސް މެ. މީގެ އިތުރުން ހުޅުމާލޭގެ ޓްރީޓޮޕްހޮސްޕިޓަލުގައިވެސް އަޅުގަނޑު ޕާރޓްޓައިމްކޮށް އޯޕީޑީ ހެދުމާއި އަދި އޮޕަރޭޝަންވެސް ކުރަން.

އަޅުގަނޑު ޑޮކްޓަރީ ރޮގުން މަތީ ތައުލީމު ހާޞިލްކުރީ މިސްރުގެ ގާހިރާގެ އަލްއަޒްހަރު ޔުނިވަރސިޓީއިން. އޭގެ ފަހުގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި 2 އަހަރު ވަޒީފާ އަދާކުރުމަށްފަހު އޮޕަރޭޝަންގެ ރޮގުން ޚާއްޞަވުމަށްޓަކައި މާސްޓަރސް އިން ޖެނެރަލް ސާޖަރީ ހެދީ ނޭޕާލްގެ ކަތަމަންޑޫގެ ޓްރިބުވާން ޔުނިވަރސިޓީގައި. އޭގެ ފަހުގައި ޖެނެރަލް ސާޖަންއެއްގެ ގޮތުގައި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލާއި ގުޅުނިން. އަދި އޭގެ ފަހުގައި 2016 ވަނަ އަހަރު ނިވްޒީލެންޑްގެ އޯކްލެންޑް ޔުނިވަރސިޓީއޮފް ޓެކްނޮލޮޖީގައި ދެވަނަ މާސްޓަރސް އެއް ހެދުމަށްޓަކައި ދިޔައިން. އެގޮތުން 2018 ވަނަ އަހަރު އެ ޔުނިވަރސިޓީއިން މާސްޓަރސް އިން ހެލްތްއިންފޮމަޓިކްސް ހާޞިލް ކުރިން އަދި އޭގައި އަޅުގަނޑުގެ ރީސާރޗަށް އެ ޔުނިވަރސިޓީގެ ޑީންސް އެވޯޑް ލިބުނު. މި ޑިގްރީތަކުގެ އިތުރުން، އޮޕަރޭޝަންތަކާއި ގުޅޭ ތަފާތު ޓްރެއިންތަކާއި އަދި ވޯކްޝޮޕްތަކާއި ކޮންފަރެންސްތަކަށް އެޓެންޑްކޮށް އާ ޓެކްނިކްސްތަކާއި އާ އަލަށް ހޯދޭ އީޖާދުތައް ބޭނުންކޮށްގެން އޮޕަރޭޝަން ކުރާނެ ހުނަރު ދަސްކޮށްފައިވާނެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ލަޕަރޮސްކޮޕިކް ސާޖަރީގެ ޓްރެއިނިން އާއި އޭގެ ޓެކްނީކްސް ތަކެވެ.

އަޅުގަނޑުޖެނެރަލް ސާރޖަންއެއްގެ ގޮތުން މި ހޭދަކުރަމުންދާ 17 ވަރަކަށް އަހަރުގެ ތެރޭގައި 8 ހާސް ވަރަކަށް އޮޕަރޭޝަން ކުރެވިދާނެ ކަމަށް ލަފާކޮށްފައިވޭ. އަދި އޭގެ ތެރޭގައި ކުރިއްސުރެ ރާވައިގެންކުރާ ކުރާ އިލެކްޓިވް އޮޕަރޭޝަންތަކާއި އަދި އިމަރޖެންސީގައި ފުރާނަ ސަލާމަތްކުރުމުގެ ގޮތުން ކުރާ އޮޕަރޭޝަންތައް ހިމެނޭ. ކުދި ކުދި އޮޕަރޭޝަންތަކާއި އަދި ބޮޑެތި އޮޕަރޭޝަންތަކުގެ އިތުރުން ބޮޑެތި މީހުންނާއި ކުޑަކުދިންގެ އޮޕަރޭޝަންތައް ހިމެނޭ.