މި ވެބްސައިޓަކީ އޮޕަރޭޝަންކުރަންޖެހޭ ބަލިތަކާބެހޭގޮތުން ދިވެހިބަހުން އާއްމުންނަށް މައުލޫމާތު ދިނުމުގެ ގޮތުން އުފައްދާފައިވާ ވެބްސައިޓެކެވެ. ރާއްޖޭގައި އާއްމުކޮށް ކުރާ އޮޕަރޭޝަންތަކަކީ ކޮބައިކަމާއި، އަދި އެ އޮޕަރޭޝަންތައް ކުރަނީ ކޮން ސްޕެޝަލިޓީތަކުގެ ޑޮކްޓަރުންކަމާއި އަދި އެ ޕްރޮސީޖަރ ތަކާބެހޭ މުހިއްމު މައުލޫމާތު މި ވެބްސައިޓުން ލިބެން ހުރުމަކީ އަޅުގަނޑުމެންގެ މަގްޞަދެވެ. މީގެ ސަބަބުން އޮޕަރޭޝަން ކުރަންޖެހޭ ބަލިމީހުން، އެމީހުންގެ ބަލިތަކާއި އަދި ކުރަން ރާވަމުންދާ އޮޕަރޭޝަންއާ ބޭހޭގޮތުން އިތުރަށް މައުލޫމާތު އޮޅުންފިލައި، ޕްރިސީޖަރ އާ ބެހޭގޮތުން އިތުރަށް އޮޅުންފިލުވަން ބޭނުންވާ ކަންތައްތަކާބެހޭގޮތުން އޮޕަރޭޝަން ޑޮކްޓަރުންނާ ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ މަގުފަހިވެގެންދާނެއެވެ.

މި ލަނދުދަނޑި ހާޞިލްކުރުމަށްޓަކައި، އޮޕަރޭޝަން ތަކާބެހޭ އާރޓިކަލްތަކާއި، މައުލޫމާތު ޝީޓްތަކާއި، ޕްރޮސީޖަރސް ތަކާބެހޭގޮތުން އުފައްދާފައިވާ ކުރު ވީޑިއޯ ކްލިޕްސް ތައް މި ވެބްސައިޓްގައި ހިމަނާފައިވާނެއެވެ. އަދި މިފަދަ ތަކެތި ޑިވެލޮޕް ވަމުންދިޔަވަރަކަށް ސައިޓަށް އިތުރުކުރެވެމުން ދާނެއެވެ.

އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި، އާއްމުކޮށް ރާއްޖޭގައި ކުރާ ހުރިހާ ޖެނެރަލް ސާޖަރީގެ އޮޕަރޭޝަންތަކާއި ބެހޭގޮތުން ފުރިހަމަ މައުލޫތު ފޮރުކޮށްދޭ ސައިޓަކަށް މި ވެބްސައިޓް ވެގެން ދިއުމެވެ. އަދި ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި މި ވެބްސައިޓަކީ ދިވެހި ބަހުން އޮޕަރޭޝަންތަކުގެ މައުލޫމާތު އެންމެ ފުރިހަމައަށް ފޯރުކޮށްދޭ ސައިޓަށް މި ވެބްސައިޓް ވެގެން ދިއުމެވެ.